ސަރުކާރާއި ދެކޮޅު ނޫސްތައް ބޭން ކުރުމަށްފަހު، ޓްވިޓަރ އާއި ޓިކްޓޮކް ބޭން ކުރުމަށް ބިލެއް ސަރުކާރުން ތައްޔާރު ކުރަން ފަށައިފި ކަމުގެ މައުލޫމާތު މި ނޫހަށް ލިބިއްޖެއެވެ.

ޓްވިޓަރ އާއި ޓިކްޓޮކް ބޭން ކުރަން ސަރުކާރުން މަސައްކަތް ކުރަމުންދަނީ، ނޫސް ތަކަށް ވުރެ ބޮޑަށް މުއިއްޒުގެ ވެރިކަމަށް އޮތް ހުރަހަކީ ޓްވިޓަރ އާއި، ޓިކްޓޮކް ކަމަށް ވާތީއެވެ.

ޒުވާނުން ދަނީ ޓިކްޓޮކްގައި މުއިއްޒު ދޮގުތައް ދުވަހަކުވެސް ބަޔަކު ނުކުރާވަރަށް ވީޑިޔޯލައި ފަޟީހަތް ކުރަމުންނެވެ. މިކަމާއި، ޒުވާނުންނާއި މެދު ހިތްހަމަ ނުޖެހި މިކަން ހުއްޓުވޭނެ ހަމަ އެކަނި ގޮތަކީ ޓިކްޓޮކް ބްލޮކް ކުރުން ކަމަށް މުއިއްޒު ވަނީ ނިންމާފައެވެ.

މި ބިލް ތައްޔާރު ކުރަނީ ތުރުކީގެ ބައެއް ފަރާތްތަކުގެ މަޝްވަރާއާއިވެސް އެކީގައި ކަމަށް މައުލޫމާތު ލިބެއެވެ.

ޓުވިޓަރގައި މުއިއްޒު އަށް ސަނާ ކިޔާ މަދު ބަޔަކު ތިއްބަސް އެމީހުން ދައްކާ ވާހަކަ އަކަށް އެއްވެސް ސަމާލު ކަމެއް ނުލިބެއެވެ. ޓްވިޓަރގައި ހަސަން ކުރުސީ ކުރަމުންދާ މަސައްކަތް ވެސް ހުއްޓުވުމަށް ސަރުކާރުން ކުރި މަސައްކަތްތައް ވަނީ ނާކާމިޔާބު ވެފައެވެ.

އަދި ނޫސްތައް ބްލޮކް ކުރުމަށްފަހު، އެ ނޫސްތަކުން ސޯޝަލް މީޑިޔާގެ ވަސީލަތްތައް ބޭނުން ކޮށްގެން ޚަބަރު ފަތުރާނެ ކަމަށް މުއިއްޒު ޤަބޫލު ކުރެއެވެ. އެހެން ކަމުން މިކަން ހުއްޓުވުމަށް ޓްވިޓަރ އާއި ޓިކްޓޮކް ބޭން ކުރުމަށް ސަރުކާރުން ދަނީ އުޝާމު ލައްވައި ބިލެއް ޑްރާފްޓް ކުރަމުންނެވެ.

.އުޝާމު މިހާރު މަޖިލީހަށް ވައްދާފައިވާ ނޫސްވެރިކަން ނައްތާލާ ބިލް ޑްރާފްޓް ކޮށްފައެވެ

Leave a Reply

Your email address will not be published. Required fields are marked *